logoEN
Sto top
ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ - ރައީސް

ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ - ރައީސް

އަހުމަދު ޝުރާއު

logo

2/5/2026, 6:32:23 AM

# ރައީސް މުއިއްޒު

-

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ކުރީގެ ތިން ސަރުކާރުގެ ފުރަތަމަ ދެއަހަރުގެ ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ ގިނައިން މިސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ. މިގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން މިއަދާއި ހަމައަށް މިހާތަނަށް ހިންގުނު އޮޕަރޭޝަންތަކުގައި 1366 ކިލޯ ( 1.3 ޓަން ) ގެ މަސްތުވާތަކެއްޗާއި 14،825 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާކަން ރައީސް ހާމަކުރެއްވި އެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މި ސަރުކާރުން ފެށި ބޮޑު އޮަޕަރޭޝަން، އޮޕަރޭޝަން އަލިމަގުގެ ތަފްސީލްތައް ހާމަކުރައްވައި ރައީސް ވިދާޅުވީ އެއޮޕަރޭޝަން ފެށި ފަހުން މިހާތަނަށް 214 ތަނެއް ބަލާފާސްކޮށް 271 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 37 ފަރާތެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވިފައިވާކަންވެސް ރައީސް ހާމަކުރެއްވި އެވެ.

އޮަޕަރޭޝަން އަލިމަގުގައި 712 ކިލޯގެ މަސްތުވާތަކެއްޗާއި 7240 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ ..

E living
ކޮމެންޓް
E living
ފަހުގެ
HDC