logoEN
Sto top
ޗާގޯސް ރާއްޖެއަށް ގެއްލުނު މައްސަލާގައި ކުރީ ސަރުކާރުގެ ވެރީންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ހަދަނީ

ޗާގޯސް ރާއްޖެއަށް ގެއްލުނު މައްސަލާގައި ކުރީ ސަރުކާރުގެ ވެރީންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ހަދަނީ

އަހުމަދު ޝުރާއު

logo

2/5/2026, 6:05:38 AM

# ރައީސް މުއިއްޒު

-

ޗާގޯސް ރާއްޖެއަށް ގެއްލުނު މައްސަލާގައި ކުރީ ސަރުކާރުގެ ވެރީންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ހަދަން ނިންމާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

Wamco

މިކަން ރައީސް އިއުލާނުކުރެއްވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށާފަވާކަމަށާއި، އެ ނިންމުން ނިންމި މީހުންނާ ސުވާލުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވާލު އަޅާނެ ކަމަށެވެ. އެގޮތުން ޤާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާ، އެފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް، ޤާނޫނު އަސާސީގެ 115ގެ މާއްދާގެ ދަށުން "ކޮމިޝަން އޮފް އިނކުއަރީ "އެއް އުފެއްދުމަށް ނިންމާފައިވާކަން ރައީސް ވަނީ އިއުލާނުކުރައްވާފައި އެވެ.

މީގެއިތުރުން ރާއްޖޭގެ ސަރަޙައްދާއި ބޭސްލައިން ކަނޑައެޅުމަށް، ސަރަޙައްދީ ކޯޑިނޭޓްތަކާއި ބޭސް ލައިން ސަރަޙައްދާއި މިކަމާއި ގުޅުންހުރި އިތުރު މައްސަލަތައް ބެލުމަށް އޮފީހެއް ޤާއިމުކުރުމަށް މާހިރުން ލަފާދީފައިވާތީ، ވަކި ޚާއްސަ އިދާރާއެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމު އިއުތިރާޒުކޮށް އެކަމަށް ދިވެހި ދަޢުލަތުން ދެކޮޅު ހަދާކަން 18 ޖެނަވަރީ 2026ގައި އިނގިރޭސިވިލާތަށް ލިޔުމުން ހުށައަޅާފަވާނެކަމަށާއި ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ފޮނުވި ސިޓީވެސް އަނބުރާ ގެންނަވަން ނިންމަވާފައިވާކަން ރައީސް އިއުލާނުކުރެއްވި އެވެ.

"22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަ ނައިބަށް އަންގާފަވާކަމަށާއި އެގޮތުން އެ މަސައްކަތަށް 3 މެންބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ ރިޕޯޓް 22 ޖަނަވަރީ 2026ވަނަ ދުވަހު، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ރައީސް އިއުލާނުކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC