
އެޗްޑީސީއާއި އަލް އަސްރު ގުޅިގެން ހުޅުމާލޭގައި ހިލޭ ހިންގާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން ހުޅުވާލައިފި
# އެޗްޑީސީ-
ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ މި ކްލާސްތައް ކުރިއަށްގެންދާނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކަމަށެވެ.
މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ސެޝަންއެއްގައި 20 ކުދިންނަށް ބައިވެރިވެވޭނެއެވެ. ކްލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ.
އެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ. މި ކްލާސްތަކާ ގުޅޭ އިތުރު މައުލޫމާތު އަލް އަސްރު ޖަމިއްޔާއާ ގުޅޭ ނަންބަރު: 7925277 އަށް ގުޅުއްވުމުން ލިބޭނެއެވެ.
ގުރުއާން ކްލާސް ކުރިއަށްގެންދާ ލޮކޭޝަންތައް:
· ފޭސް 1: މަސްޖިދް ރަޝީދް އަދި މަސްޖިދް ޝައިހް ގާސިމް
· ފޭސް 2: މަސްޖިދް އުސްމާން އަދި މަސްޖިދުލް އީމާން
މި ކްލާސްތަކުގައި ބައިވެރިވުމަށް، ތިރީގައިވާ ގޫގުލް ފޯމު ފުރާލައިގެން އެންރޯލް ކުރެވޭނެއެވެ.
ގޫގުލް ފޯމު ލިންކު:
https://forms.gle/KUxoVUpBhJFa7Tec7
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ސޮއިކުރެވުނު އެ އެއްބަސްވުމުގެ މަގްސަދަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒެކެވެ.
ގުޅުންހުރި

އެޗްޑީސީއާއި އަލް އަސްރު ގުޅިގެން ހުޅުމާލޭގައި ހިލޭ ހިންގާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި ރޯދަ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

ރޯދައާ ދިމާކޮށް އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމުގެ ކެމްޕެއިން މާދަމާ ފަށަނީ





