logoEN
Sto top
މޯލްޑިވްސް 2.0 ރޯޑްމެޕްގެ ދަށުން ސިޓިޒަން ސެންޓްރިކް ޚިދުމަތްތައް ހަރުދަނާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

މޯލްޑިވްސް 2.0 ރޯޑްމެޕްގެ ދަށުން ސިޓިޒަން ސެންޓްރިކް ޚިދުމަތްތައް ހަރުދަނާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

2/4/2026, 12:45:44 PM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

-

މޯލްޑިވްސް 2.0 ރޯޑްމެޕްގެ ދަށުން ސިޓިޒަން ސެންޓްރިކް ޚިދުމަތްތައް ހަރުދަނާކުރުމަށް ކޯ-ކްރިއޭޓިންގ P6 ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

Wamco

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕަނީ (މައިންޑްކޯ) އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް (DTOs) އަމާޒުކޮށްގެން "ކޯ-ކްރިއޭޓިންގ P6" ވޯކްޝޮޕް ބޭއްވީ މި މަހުގެ 3ވަނަ ދުވަހު މީރުމާ މާލަމުގައެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަކީ "މޯލްޑިވްސް 2.0" އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން، އެ މުއައްސަސާއެއް ޑިޖިޓަލައިޒްކުރުމަށް އެންމެ އިސް ދައުރެއް އަދާކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނެވެ. މި އޮފިޝަލުންނަކީ ޑިޖިޓަލް ފަސްޓް ގައުމެއްގެ އަމާޒުތައް 2028ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ދިވެހިރާއްޖެއިން ހާސިލްކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނެ ފަރާތްތަކެވެ.

މި ވޯކްޝޮޕަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް، ހާއްސަކޮށް މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕްގެ 6 ވަނަ ތަނބު (Pillar 6) ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ވޯކްޝޮޕެކެވެ.

މީގެ އިތުރުން، މި ވޯކްޝޮޕަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި ތިއްބެވި ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުން (DTOs) އެއްތަނަކުން ބައްދަލުވެ. މޯލްޑިވްސް 2.0ގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ.

މި ބައްދަލުވުމުގައި ވަނީ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ. މިއީ މައިންޑްކޯއިން ބޭއްވި މިފަދަ ސިލްސިލާ ފުރަތަމަ ބައްދަލުވުމެވެ.

މި ވޯކްޝޮޕްގެ ސަބަބުން، ސިޓިޒަން ސެންޓްރިކް ޚިދުމަތްތައް ފަރުމާކުރުމުގައި މައިންޑްކޯއިން މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ބޮޑު ބަދަލެއް އަންނާނެއެވެ. އެގޮތުން ހަމައެކަނި ގުޅިގެން މަސައްކަތްކުރުމުގެ ބަދަލުގައި ޚިދުމަތް ހޯދުމުގައި ރައްޔިތުން ބަލައިގަންނަފަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ގުޅިގެން އައު ކަންކަން އުފެއްދުމުގެ ވިސްނުމަކަށް މައިންޑްކޯގެ މަސައްކަތްތައް ބައްޓަންކުރެވިގެންދިޔައެވެ.

މި ވޯކްޝޮޕަކީ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ޑިޖިޓަލް ބަދަލުތައް ގެނައުމުގެ ދުވެލި އަވަސްކުރުމުގެ މަގްސަދުގައި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ދަށުން ބޭއްވި ހަރަކާތެކެވެ.

މި ބައްދަލުވުމުގައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްިނުމަށް ޤާއިމުކުރެވޭ ޕްލެޓްފޯމާއި (unified citizen-centric service layer) ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ (user experience) ރަނގަޅުކުރުމަށް މައިންޑްކޯ އިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ދައުލަތުގެ އައިޓީ ނިޒާމުތަކުގެ މެދުގައި ޑޭޓާ ހިއްސާކުރުމުގެނިޒާމު ހަރުދަނާކުރުމާއި "ޑޭޓާ އެކްސްޗޭންޖް ލޭޔަރ" ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ އަދާހަމަ މަޢުލޫމާތު މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ބައްދަލުވުމުގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، މި ވޯކްޝޮޕުގެ ބޭނުމަކީ ސަރުކާރު ހުރިހާ މުއައްސަސާތައް ގުޅިގެން ޑިޖިޓަލައިޒޭޝަންެގެ މަސައްކަތްކުރާނެ މަގެއް ދައްކައިދީ، މިހާރަށްވުރެ ލުއި ފަސޭހަ، ކުރިއަރާފައިވާ ޚިދުމަތްތަކެއް އުފެއްދުމަށް ގުޅިގެން މަސައްކަތްކުރުމުގެ ތަސައްވުރެއް ގާއިމުކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC