logoEN
Sto top
އާރު.އެސް.ޑަބްލިޔު އަށް ފައިނޭންސް ކުރުމާ ގުޅޭ މަޢުލޫމާތު ސެޝަން އައްޑޫގައި ކުރިއަށްގެންގޮސްފި

އާރު.އެސް.ޑަބްލިޔު އަށް ފައިނޭންސް ކުރުމާ ގުޅޭ މަޢުލޫމާތު ސެޝަން އައްޑޫގައި ކުރިއަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

2/4/2026, 8:27:55 AM

# ފިޝަރީޒް މިނިސްޓްރީ

--

އާރު.އެސް.ޑަބްލިޔު (RSW) ސިސްޓަމްތަކަށް ފައިނޭންސް ކުރުމާ ގުޅޭ މަޢުލޫމާތު ސެޝަންތަކަކާއި ތަމްރީނު ވޯކްޝޮޕެއް އައްޑޫ ސިޓީ ހިތަދޫގައި ބާއްވައިފިއެވެ.

Wamco

އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ މަސްވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގުނު ހަރަކާތެކެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ އާރު.އެސް.ޑަބްލިޔު ސިސްޓަމްތައް ހަރުކުރުމާއި، އެ ސިސްޓަމްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމުގެ ފަންނީ ހުނަރުތަކެވެ. މީގެ އިތުރުން، ސިސްޓަމްގެ ފިނިހޫނުމިން ބެލެހެއްޓުމާއި، ފިނި ހިފެހެއްޓުމަށް ކުރަންޖެހޭ އިންސިއުލޭޝަން މަސައްކަތްތަކާއި، ހޮޅި އެޅުމުގެ ފަރުމާގެ އިތުރުން، ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ކަނޑުމަތީގައި ދިމާވާ އާންމު މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް މި ވޯކްޝޮޕްގައި ވަނީ ހިއްސާކޮށްފައެވެ.

އާރްއެސްޑަބްލިއު މަޝްރޫޢުގެ މަޤްޞަދަކީ މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ޤާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުމެވެ. މިނިޒާމުގެ ސަބަބުން،ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެއެވެ.

ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމަކީ ލައިވްސް އެންޑް ލައިވްލީހުޑްސް ފަންޑް (LLF) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (IsDB) ގެ އެހީތެރިކަމާއެކު، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC