
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އީސީއާއި ފުލުހުންނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
# އިލެކްޝަން ކޮމިޝަން-
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާއިއެކު ސޮއިކޮށްފި އެވެ.

އީސީން މިއަދު ބުނީ ކުރިޔަށް އޮތް އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މުއައްސަސާތަކާއެކު ފަހުމުނާމާގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއެކު މިއަދު ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި ފަހުމުނާމާގައި އީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.
މިއަދު ސޮއިކުރެވުނު ފަހުމުނާއާއެކު އީސީގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއްލިބި، ވަރަށް ގިނަ ކަންކަމުގައި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށް އީސީން ވަނީ މި ފަހުމުނާމާއާއިއެކު، އިންތިޚާބުގެ މަސައްކަތްތަކާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ގަވައިދުތައް ތަންފީޛުކޮށް ނެގެހެއްޓުމާއި، އިންތިޚާބާ ގުޅިގެން އީސީން ކުރާ ލޮޖިސްޓިކް މަސައްކަތްތަކާއި، އިންތިޚާބުގެ އެކި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށް ދިނުމުގެގޮތުން ކޮމިޝަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، އަދި އިންތިޚާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އީސީގެ ފަރާތުން އެހީތެރިކަމަށް އެދިއްޖެ ކަމެއްގައި، އެކަމެއް ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.
ގުޅުންހުރި

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އީސީއާއި ފުލުހުންނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
.webp&w=3840&q=75)
އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅޭނެ ފަހު ދުވަހަކީ މާދަމާ!

ލޯކަލް ކައުންސިލް އިންތިހާބު: އޮފިޝަލުން ތަމްރީންކުރުމުގެ ޕްރޮގްރާމް އަތޮޅުތެރޭގައި މާދަމާ ފަށަނީ





