logoEN
Sto top
އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅޭނެ ފަހު ދުވަހަކީ މާދަމާ!

އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅޭނެ ފަހު ދުވަހަކީ މާދަމާ!

އަހުމަދު ޝުރާއު

logo

1/31/2026, 5:56:39 PM

# އިލެކްޝަން ކޮމިޝަން

-

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާ، 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ ހަވީރު 05:30 އަށް ހަމަވާނެއެވެ.

Wamco

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް މާދަމާ ހަވީރު 05:30 ކުރިން ފޯމު ހުށަހަޅަންވާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ހަމަވާއިރު މިރޭ 8:00 ގެ ނިޔަލަށް، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި 1,914 ފޯމު ވަނީ ހުށަހަޅާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 1,585 ފޯމު ވަނީ ހުށަހަޅާފައެވެ. ދެ އިންތިޚާބަށް އެއްކޮށް ޖުމްލަ3,498 ފޯމު އީސީއަށް ވަނީ ލިބިފައެވެ.

އީސީން ބުޞީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަކީ، އެކޮމިޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވުނު މަސައްކަތުގެ ބައެއް ކަމަށެވެ. އެގޮތުން މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މި އައު ނިޒާމަށް ރައްޔިތުންގެ އިތުބާރުލިބި، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އީސީން ފާހަގަކުރެއެވެ.

އީސީން ވަނީ މީގެ ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު، މިފަހަރު އިންތިޚާބުކުރާ މަޤާމުގެ އަދަދު މަދުވި ނަމަވެސް، ކުރިމަތިލާފައިވާ މީހުންގެ ނިސްބަތް ކުރީގެ އަހަރުތަކަށްވުރެ އިތުރުކަން ފާހަގަކޮށްފައެވެ.އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅާއިރު، ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ކޯޓު ޙުކުމާ އެއްގޮތަށް އެ ދަރަނި ޚަލާސްކޮށްފައިވާކަން ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އެނގޭނެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅުމަށް އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ސަމާލުކަންދޭން ވާނެ ކަމަށާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ފަދަ ލިޔެކިއުންތައް ހުށަހަޅަންވާނެކަން އީސީން ވަނީ ބުނެފައި އެވެ.ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC