logoEN
Sto top
ލޯކަލް ކައުންސިލް އިންތިހާބު: އޮފިޝަލުން ތަމްރީންކުރުމުގެ ޕްރޮގްރާމް އަތޮޅުތެރޭގައި މާދަމާ ފަށަނީ

ލޯކަލް ކައުންސިލް އިންތިހާބު: އޮފިޝަލުން ތަމްރީންކުރުމުގެ ޕްރޮގްރާމް އަތޮޅުތެރޭގައި މާދަމާ ފަށަނީ

އަހުމަދު ޝުރާއު

logo

1/10/2026, 5:14:35 PM

# އިލެކްޝަން ކޮމިޝަން

-

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އަތޮޅުތެރޭގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

އީސީން މިއަދު ބުނީ އަތޮޅުތެރޭގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް 2026 ޖަނަވަރީ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިއުމަށް ޓްރެއިނަރުން މިއަދު އަތޮޅުތަކަށް ދަތުރުކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިވާ ޓްރެއިންރުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މި ކޮމިޝަނުގެ ނާއިބު ރައީސް ޞަލާޙު ވަނީ އިންތިޚާބު ކުރިއަށްދާއިރު ޓްރެއިނަރުން ސަމާލުވާންވީ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިޚާބީ އޮފިޝަލުންނަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މިފަަދަ ތަމްރީނު ޕްރޮގްރާމުތަަކަކީ ރައްޔިތުންގެ އިތުުރުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ތަމްރީނު ފުރިހަމަކުރި ބޭފުޅުންނަކީ ކޮމިޝަނުން ބުނަން ބޭނުންވާ މެސެޖު، އެ ބުނި ގޮތަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަަން ފާހަގަކުރައްވާ ނާއިބު ރައީސް ވިދާޅުވީ، މަޢުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ޚައްޤުތަަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ ކަމަށެެވެ. އަދި ބައެއް ފަހަރު މީޑިއާތަކުގައި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެއެވެ. އަދި މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށްގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން، ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓުގުނުމުގެ ތަފްސީލީ މަޢުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ތަމްރީންތަކުގެ ތެރޭގައި އަމަލީގޮތުން މި މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC