
އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު: ކަނޑުތައް ގަދަވާނެ!
# މޫސުމާއިބެހޭ ގައުމީ އިދާރާ-
އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިއަދުގެ 16:30 އިން ފެށިގެން 22:30 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.




