logoEN
WAMCO TOP 1
ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު!

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

4/8/2026, 2:25:03 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމި އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއަށް ހަމައަށް މިރޭގެ 19:30 އިން ފެށިގެން މެންދަމު 01:00 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާން ފަށާފައިވާއިރު މި ހަފްތާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC