logoEN
PNC TOP 3
25 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާއަށް ފުރައިފި

25 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާއަށް ފުރައިފި

# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

25 ދަނޑުވެރިން އެޑްވާންސްޑް ހޯޓިކަލްޗަރ އެކްސްޕޯޝަރ ޓްރެއިނިންގ އެއްގައި ސްރީލަންކާއަށް ފުރައިފިއެވެ.

PNC MID 2

މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީނު ކުރިއަށްދާނީ މި މަހުގެ 3 – 13 އަށެވެ. ތަމްރީނު ތަކުގެ ތެރޭގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާގޮތުގެ މަޢުލޫމާތު އަދި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ހޯޓިކަލްޗަރ އެކްޕޯޝަރ ތަމްރީނުގެ ބައިވެރިންގެ ގޮތުގައި ހިމެނިފައިވަނީ މެޕް ގެ ފަރާތުން ކުރިއަށް ގެންދެވުނު ލީޑް ފާމަރ ތަމްރީނު ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނު ތައް ފުރިހަމަ ކޮށްފައިވާ ބައިވެރިންނާއި އަދި މެޕްގެ ފަރާތުން ދަނޑުވެރިންނަށް ހުޅުވާލެވުނު ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސް ގައި ދަނޑުވެރިކަން ކުރަންފަށާފައިވާ ދަނޑުވެރިންނެވެ.

މެޕް ޕްރޮޖެކްޓްގެ ތެރެއިން ތަމްރީނުތައް ދަނޑުވެރިންނަށް އަމާޒުކޮށްގެންވަނީ ކުރިއަށް ގެންދެވިފައެވެ. މިގޮތުން 12 ރަށެއްގައި ގްރީން ހައުސް އިންސްޓޯލްކޮށްގެން ކްލައިމެޓް ސްމާޓް ނުވަތަ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަންވަނީ ތަޢާރަފް ކުރެވިފައެވެ.

އަދި މީގެ އިތުރުން ދަނޑުވެރިކަމުގެ ގެންގުޅެންޖެހޭ ރަނގަޅު އާދަތައް އަދި މިންގަޑުތައް ދަސްކޮށްދީ ދަނޑުވެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ގިނަގުނަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެއެވެ.

މި މިންގަނޑުތަކަށް އަޙުލުވެރިކުރުވައި ރާއްޖެއިން ބޭރުގައި ގެންގުޅޭ ދަނޑުވެރިކަމުގެ އެކިއެކި އުކުޅުތަކަށް ލޯހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މި ދަތުރުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓް ގެ ހިލޭއެހީގެ ދަށުންނެވެ.

މިއީ ދަނޑުވެރިންނަށް ފުރުޞަތު ހުޅުވާލެވިގެން، މިހާ ގިނަ ބައިވެރިންނާއި އެކު ކުރެވޭ ފުރަތަމަ ތަމްރީނު ދަތުރެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC