logoEN
Sto top
ރާއްޖޭގެ ތާރީހުގައި އެއްމަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ މިދިޔަ މަހު!

ރާއްޖޭގެ ތާރީހުގައި އެއްމަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ މިދިޔަ މަހު!

އަހުމަދު ޝުރާއު

logo

2/2/2026, 1:19:46 PM

# ޓުއަރިޒަމް މިނިސްޓްރީ

-

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހުގެ ގޮތުގައި 2026 ވަނަ އަހަރުގެ ޖަނަވަރީ މަސް ރެކޯޑް ކުރެވިއްޖެއެވެ.

Wamco

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖަނަވަރީ މަހު ރާއްޖެއަށް ޖުމްލަ 224,788 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަސް ކަމަށްވާ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ރެކޯޑަށްވުރެ އިތުރު އަދަދެކެވެ. 2025 ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 224,455 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި އާ ރެކޯޑާއެކު މިއަހަރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް އުންމީދީ އަދި ފޯރިގަދަ ފެށުމެއް ގޮތުގައި ސިފަކޮށް މިއީ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމުން ހާސިލްކުރެވޭނެ ނަތީޖާކަން ފާހަގަކޮށްފައެވެ.

އަދި މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށާއި، ފަތުރުވެރިކަމުގެ މަންފާ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ދުރުވިސްނުންތެރި ސިޔާސަތުތަކުގެ ހެއްކެއްކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC