
ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތުދޭން ވެބިނާރެއް ބާއްވަނީ
# ޓުއަރިޒަމް މިނިސްޓްރީ-
ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ފާހަގަކޮށް، އިންވެސްޓަރުންނަށް ޚާއްސަ މަޢުލޫމާތު ވެބިނާރެއް ބޭއްވުމަށް ނިންމާފައެވެ.

މި ވެބިނާރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް، ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
މި ވެބިނާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވާ އާދީއްތަ ދުވަހު، މެންދުރުފަހު 10:00 (ރާއްޖޭ ގަޑިން) ގައެވެ.
މި ވެބިނާރަށް ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވާ ބުދަ ދުވަހުގެ ކުރިން، ދިނަސްނުލި ލިންކު މެދުވެރިކޮށް ނަންނޯޓް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ގުޅުންހުރި

ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތުދޭން ވެބިނާރެއް ބާއްވަނީ

ރާއްޖެއާއި އިންޑިއާއިން ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް!





