
ނ.އަތޮޅު ހޮސްޕިޓަލްގައި ނަފްސާނީ ބަލީގެ ޚިދުމަތާއި ،ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
# ނ އަތޮޅު# ހެލްތު މިނިސްޓްރީ-
ނ.އަތޮޅު ހޮސްޕިޓަލްގައި ނަފްސާނީ ބަލީގެ ޚިދުމަތާއި ،ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

ނ މަނަދޫގައި ހުންނަ ނ އަތޮޅު ހޮސްޕިޓަލުގައި މި ހިދުމަތްތައް ރަސްމީކޮށް ފަށާފައިވަނީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙިމެވެ. މިއަދު ރަސްމިއްޔާތުގައި ނ.އަތޮޅުގެ ހޮސްޕިޓަލުގެ އިސް ފަރާތްތަކާއި މުވައްޒަފުން ބައިވެރިވިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން ނ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް، އަޙްމަދު މައިމޫން ވިދާޅުވީ، މި ދެ ޚިދުމަތަކީވެސް ރަށާއި އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ދެ ޚިދުމަތް ކަމަށާއި ކުރިއަށް އޮތްތާނގައި މި ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރާނެ ކަމަށެވެ. މީގެއިތުރަށް، ނ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށްވެސް ތައްޔާރުވަމުންދާ ކަންވެސް މައުމޫނާ ހާމަކުރެއްވި އެވެ.
ނ.އަތޮޅުގެ މައި ހޮސްޕިޓަލުން ދުވާލަކު 120އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދައެވެ.
މިނިސްޓަރު ނާޒިމް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާފަރާއި މިލަދޫގެ އިތުރުން މާޅެންދޫގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވާދެއްވާނެ އެވެ.
ގުޅުންހުރި

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް "އިތާ" ޕޯޓަލް މިއަދު އިފްތިތާޙުކޮށްފި

އަންހެނުން އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވަން ރާއްޖެއިން ކުރާ މަސައްކަތްތައް އޯއައިސީ ސަމިޓުގައި ހިއްސާކޮށްފި




