logoEN
Sto top
އުރީދޫ މޯލްޑިވްސްގެ އައު އެމްޑީ އަދި ސީއިީއޯއަކަށް ޝާޑީ ގަވަސްމީ!

އުރީދޫ މޯލްޑިވްސްގެ އައު އެމްޑީ އަދި ސީއިީއޯއަކަށް ޝާޑީ ގަވަސްމީ!

އަހުމަދު ޝުރާއު

logo

2/1/2026, 9:17:32 AM

# އުރީދޫ މޯލްޑިވްސް

-

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަގާމަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފައެވެ.

Wamco

އެކުންފުނީގެ ކުރީގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޚާލިދު ޙަސަން އެމް އޭ އަލް-ޙަމާދީގެ ދައުރު ހަމަވުމާއި ގުޅިގެން އައު އެމްޑީއަކު އައްޔަނުކުރީ މިއަދު އެވެ.

އުރީދޫން ބުނީ މިއަދު މަގާމަށް އައްޔަނުކުރި ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމަށެވެ. ގަވަސްމީ އުރީދޫ ގްރޫޕުގައި މަސައްކަތްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ގަވަސްމީ ވަނީ އިސް ރޯލެއް އަދާކޮށްފައެވެ.

އުރީދޫގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިންގ، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިންގ ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯދާފައެވެ. އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދިނުމުގެ މައްސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރަމެވެ. ތައުލީމީ ގޮތުން ބަލާއިރު، ގަވަސްމީ ވަނީ ފަރަންސޭސިވިލާތުގެ އީ.ޑީ.އެޗް.އީ.ސީ. ބިޒްނަސް ސްކޫލުން މާކެޓިންގ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރުމުގެ އިތުރުން އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީން މާކެޓިންގ ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައެވެ.

އުރިދޫން ވަނީ އެކުންފުނީގެ ކުރީގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޚާލިދު ޙަސަން އެމް އޭ އަލް-ޙަމާދީއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ. ޚާލިދުގެ ލީޑަރޝިޕްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމަރ ކެއާ އެސިސްޓަންޓް "އެވީ" ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތަޢާރަފުކުރެވުނެވެ. އަދި މާސްޓަރ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބަރ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު އޮތް ގުޅުން އިތުރަށް ވަނީ ހަރުދަނާކުރެވިފައެވެ. މީގެ އިތުރުން، މުޅި ރާއްޖެއަށް 100 އިންސައްތަ 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި، އާބާދީގެ 80 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއަރ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ޚާއްޞަ ކޭބަލަކާއި ގުޅުވާލުން ހިމެނެއެވެ. އުރީދޫ މޯލްޑިވްސްގައި ޚާލިދު ހޭދަކޮށްފައިވާ ދުވަސްތަކުގައި ހޯދާފައިވާ އެހެނިހެން ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި، ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑު ހޯދުމާއި، ކ. ހުޅުމާލޭގައި އުރީދޫގެ އޮފީސް ހުޅުވުން ހިމެނެއެވެ. އަދި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސިއްހީ ދާއިރާއާއި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު އިޖުތިމާޢީ ޒިންމާގެ މުހިންމު މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ގަވަސްމީއަށް ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި އެވެ. އަދި ގަވަސްމީގެ ލީޑަރޝިޕްގެ ދަށުން ކުންފުނި އައު އުސް މިންތަކަށް ވާޞިލުވުމަށް އެހީތެރިވެދޭނެކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި އައު އިޖާދުތައް މެދުވެރިކޮށް މުޖުތަމަޢުގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރާ ކަމަށްވެސް އެކުންފުނީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC