
ހުޅުމާލޭގެ ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް: އިމާރާތުން ކަރަންޓު ކެނޑުމާއި ގުޅިގެން 25 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި
# އެމްއެންޑީއެފް-
ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

ސިފައިން ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ 03:30 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 03:40 ހާއިރު ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައެވެ. އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
ނެޝަނަލަށް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއިން ބުނީ ހުޅުމާލޭ ފޭސް 1 ގެ، ޗަނބޭލީ ގޯޅީގައި 6 ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން ވަނީ މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސަބަބުން 3 އެޕާންޓްމަންޓެއްގެ 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން ހަމަޖައްސާދީފައިވާ ކަމަށެވެ.
ގުޅުންހުރި

ހުޅުމާލޭގެ ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް: އިމާރާތުން ކަރަންޓު ކެނޑުމާއި ގުޅިގެން 25 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި

ސިފައިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފި

ހިޔާ 5ގައި އަލިފާން ރޯވީ ވައިގޮޅީގައި ހުރި އެސީ އައުޓްޑޯއެއްގައި - ސިފައިން





