logoEN
Sto top
ސިފައިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފި

ސިފައިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފި

އަހުމަދު ޝުރާއު

logo

1/31/2026, 5:23:11 PM

# އެމްއެންޑީއެފް

-

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފިއެވެ.

Wamco

އަމީނިއްޔާ ސްކޫލުގައި މިއަދު "ފަޔަރ ޕްރިވެންޝަން ވީކް 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޞިލާ ފާތިމަތު މިޒުނާ ޢަލީއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ހަރަކާތް، ޖެނުއަރީ 31 އިން ފެބްރުވަރީ 7ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ އޭރިއާއެއްގައި ކުރިއަށް ގެންދާނެއެވެ. މިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ހެޑްކޯޓަރޒްގެ ފަރާތުން ކުރިއަށް ގެންދަން ހަމަ ޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީނިއްޔާ ސްކޫލު، މުޙްޔިއްދީން ސްކޫލް، ޞަލާޙުއްދީން ސްކޫލް، ރަސްފަންނު، ހުޅުމާލެ ރުއްގަނޑު އެކެއް، ހިޔާ ފުލެޓް ސަރަޙައްދު އަދި ރެހެންދި ސްކޫލް ހިމެނެއެވެ.

ފަޔަރ ޕްރިވެންޝަން ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ޙިއްސާ ކުރާނެއެވެ.

ސްކޫލުތަކުގެ ކުދިންނަށް އަމާޒުކޮށްގެން މިއަދުގެ ހަވީރުގެ ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު 920 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެފްއާރުއެސްއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އަމީނިއްޔާ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ "ފަޔަރ ޕްރިވެންޝަން ވީކް 2026" ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރާއި، އެފްއާރުއެސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނަދީމް އިބްރާހީމްއާއި އެފްއާރުއެސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީއާއި މާލެ ފަޔަރ ސްޓޭޝަންގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒު ރަޝާދުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްބޭފުޅުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުގައި މަޢުލޫމާތު ފޯރުކޮށްދެއްވާނީ، އެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ފަޔަރ ޑިޕާޓްމަންޓްގެ ފަޔަރ ފައިޓަރުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC