
ސުކޫލްތަކާ ގުޅިގެން އަމާން މުޖުތަމަޢެއް ބިނާކުރުމުގަ ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ: ސީޕީ
# ސުކޫލް# ސީޕީ ނަވީން# ރައީސް މުއިއްޒު# ދިވެހި ފުލުހުންގެ ޙިދުމަތް# އަމާން މުޖުތަމަޢެއް# ދަރިވަރުންފޮޓޯ: ޕޮލިސް
އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްވައިފިއެވެ.

މިޔަގީންކަން ސީޕީ ދެއްވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ސީފީ ނަވީން ވަނީ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން އަދި އާންމު ރައްޔިތުން ގުޅިގެން، ކޮންމެ ކުއްޖަކު ވެސް ސުކޫލަށް ކުރާ ދަތުރަކީ އަމާން އަދި އުފާވެރި ދަތުރަކަށް ހެދުމަށް މަސައްކަތްކުރުމަށް ހުރިހާ ފަރުދުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި ވަކިން ޚާއްސަކޮށް، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް އެންމެހައި ރައްޔިތުން ސަމާލުވުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.
ސީޕީގެ މެސެޖުގައި ވަނީ ދިރާސީ އައު އަހަރެއް ފެށުމަކީ އައު އުއްމީދުތަކަކާއި، އައު އަޒުމްތަކަކާއި އަދި ކުރިއަށް ދިއުމަށް އައު ފުރުސަތުތަކެއް ލިބިގެންދާ މުހިންމު ވަގުތެއްކަން ފާހަގަކުރައްވާފައެވެ.
ސީޕީ ވަނީ ތައުލީމަކީ ހަމައެކަނި ފޮތްތަކުން އުނގެނޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ އެއީ އަޚުލާގާއި، އަދަބުވެރިކަމާއި، ޒިންމާ އުފުލުމުގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަސްކުރުން ކަމަށްވެސް ވިދާޅުވެފައެވެ.
މި ސިފަތަކަކީ އަމާން އަދި އުފާވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފަތަކެއްކަން ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218 އެއްހާ ސްކޫލްގައި 77000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާނެއެވެ.
ގުޅުންހުރި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

ދިގުރަށު އަލިފާނުގެ ހާދިސާ: ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށުގައި!
ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

.gif&w=3840&q=75)



