
-
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ރޭ 4،000 އަށްވުރެ ގިނަ މަސްދަޅު ކޭސް، ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒަރާއިން ގޭބިސީތަކަށް ދޫކޮށްފިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ރޭ 8:30 ގައެވެ. ރޭ 11:00 އާ ހަމައަށް ގްރެޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ) ގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 4،196 މަސްދަޅު ކޭސް މިހާތަނަށް ދޫކޮށްފައިވެއެވެ.
މީގެ ތެރެއިން އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައި ވަނީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެއީ 783 މަސްދަޅު ކޭހެވެ. ގަލޮޅު ދަނޑުގައި 4 ތަނަކުން މަސްދަޅު ކޭސް ދޫކުރަމުންދެއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހަފްތާ ތެރޭގައި އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ ރޭ ވިދާޅުވެފައެވެ.
ގުޅުންހުރި

ރޭ އެކަނިވެސް މާލެ ސަރަހައްދުން 4،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

ރައްޔިތުންނާ ސަރުކާރާ ދެމެދަށް 'އިދިކީލި' ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ - ރައީސް

މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ނެރުއްވީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް: ރައީސް





