logoEN
Sto top
ރައްޔިތުންނާ ސަރުކާރާ ދެމެދަށް 'އިދިކީލި' ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ - ރައީސް

ރައްޔިތުންނާ ސަރުކާރާ ދެމެދަށް 'އިދިކީލި' ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ - ރައީސް

އަހުމަދު ޝުރާއު

logo

1/25/2026, 6:24:14 AM

# ރައީސް މުއިއްޒު

-

ރައްޔިތުންނާ ސަރުކާރާ ދެމެދަށް 'އިދިކީލި' ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ނުދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

Wamco

ރައީސް މިފަދައިން އެދިވަޑައިގެންނެވީ ޕީއެންސީ މާލެ ސަރަހައްދުގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް އެމަނިކުފާނު އިއްޔެ ޕީއެންސީގެ ހަރުގެއަށް ވަޑައިގެން ދެއްކެވި ވާކަފުޅުގައި އެވެ.

އެގޮތުން ރައީސް ވަނީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް ކަމަށް ފާހަގަކުރައްވައި ރައްޔިތުންނާ ސަރުކާރާ ދެމެދަށް 'އިދިކީލި' ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގަައި، ރައްޔިތުންނާ ސަރުކާރާ ދެމެދު ހުރަސް އެޅޭގޮތަށް، ސިޔާސީ ސަކަރާތް ޖެހުމަށާއި، ސިޔާސީ ޖަގަޑާ ހެދުމަށް ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހޮވަންވީ، ސަރުކާރު ރައްޔިތުންނާ އެކީ އޮތް އޮތުމަށް ބާރު އަޅައިދީ، ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދޭނެ ކެންޑިޑޭޓުން ކަމަށެވެ.

އަދި މިހާރު ގައުމުގައި އޮތް ހަމަޖެހުމަށް ބުރޫ އަރުވައި، ސަރުކާރުން ކުރިއަށްގެންދަން ރާވާ ކަންކަމާއި، ތަރައްގީ މަޑުޖެއްސުން ފަދަ ކަންކަމަށް ރައްޔިތުން ޖާގަ ދީގެން ނުވާނެ ކަންވެސް ފާހަގަކުރައްވައި ރައީސް ވަނީ ރައްޔިތުންނާއި އެކީގައި ހިތްވަރާއެކު ކުރިއަށް ވަޑައިގަތުމަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުން ހެޔޮހިތުން ބަލައިގަނެ އެފަރާތްތަކަށް އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC