
-
ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން ވ ތިނަދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި އެވެ.

ތިނަދޫގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ. އެކުންފުނީން މިއަދު ބުނީ އުކުޅަހުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރަމަޟާން މަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށު އިންޖީނުގެއަށް ގެންދެވުނު 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މި އައު ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމާއިއެކު ތިނަދޫގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ 1539 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައިވާކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެޕޭސިޓީ އިތުރުވެގެން ދިޔުމާއިއެކު އެ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ އިތުބާރުބޮޑުވެ، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަންވެސް ހާމަކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށީފައިވާއިރު މި މޫސުމުގައި އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ގުޅުންހުރި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފި

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

.gif&w=3840&q=75)



