
އަލަށް ހަވާލުވި ހުރާގެ އިންޖީނުގެއާއި، ފެން ޕްލާންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ސްޓްލެކޯގެ އިސްވެރިން އެރަށަށް!
# ސްޓެލްކޯ-
މި ހަފްތާގެ ކުރީކޮޅު ސްޓެލްކޯއިން ހަވާލުވި ކ ހުރާގެ އިންޖީނުގެއާއި ފެން ޕްލާންޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެކުންފުނީގެ އިސްވެރިން އެރަށަށް ޒިޔާރާތްކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ ކ. ހުރާގެ ކަރަންޓާއި، ފެނުގެ އިތުރުން ނަރުދަމާގެ ހިދުމަތްތަކާއި އެކުންފުނީން ހޯމަ ދުވަހު ރަސްމީކޮށް ހަވާލުވެ، ކުންފުނީގެ އިސްވެރިން އިއްޔެ ކ. ހުރާއަށް ޒިޔާރަތްކޮށް، ހުރާގެ އިންޖީނުގެއާއި، ފެން ޕްލާންޓްގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވާފަައިވާ ކަމަށެވެ.
އެގޮތުން މި ދަތުރުގެ ތެރެއިން، ހުރާ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ދިދަ ނަގާދެއްވީ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.
މީގެއިތުރުން، ކުންފުނީގެ އިސްވެރިން ވަނީ ހުރާގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމާއި، މަސައްކަތުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިއެވެ.
މީގެ ކުރީން ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުންދިޔައީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ފެނަކައިން ވަނީ އެހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯއާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ ސްޓެލްކޯއިން ބުނީ މި ހިދުމަތް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރެވިފައިވާ ކަމަށާއި މި ބަދަލާއެކު ހުރާގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ހިދުމަތުގެ މިންގަނޑުތަކާއި އެއްހަމަކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ވަސީލަތްތައް ތަރައްގީކުރުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

ހޮނު އެޅުމުގެ ސަބަބުން ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓްކުރަން އިލްތިމާސްކޮށްފި

ބައެއް އަތޮޅުތަކުގެ ޔުޓިލިޓީޒް ޚިދުމަތް ސްޓެލްކޯއާއި ހަވާލުވާއިރު، އަމާޒަކީ ޚިދުމަތަށް ބުރުލެއް ނާރައި ބަދަލުގެނައުން: ސާއިދު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޒުވަރު!




