
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިންވެސް މީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# މަސްތުވާތަކެތި މައްސަލަފޮޓޯ: ޕޮލިސް
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިންވެސް މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. އޭދަފުށި / ބަށިމާގެ، މުޙައްމަދު ރައްޝާމް (27އ) އެވެ.
އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކާއި ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައި މި މަހު 22 ވަނަ ދުވަހު އޭދަފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި މުޙައްމަދު ރައްޝާމް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.
އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅެއްވެސް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 36 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ރައްޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް 51 ފުޅި ބަނގުރަލާއިއެކު ބިދޭސީއަކު ހައްޔަރަށް!

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި




