
މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަޔަކު ދުވާފަރުން ހައްޔަރުކޮށްފި
# މަސްތުވާތަކެތި މައްސަލަ# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ސެމަންވިލާ ، ޢަލީ މައިސާން (20އ) އާއި ރ. ދުވާފަރު / ގުރީންހެވަން، ހޫދު ޙުސައިން (18އ) އެވެ. މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނި އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

ދިގުރަށު އަލިފާނުގެ ހާދިސާ: ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށުގައި!

ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއިއެކު ބިދޭސީއަކު އަތުލައިގަނެ ޑީޕޯޓުކޮށްލަނީ
%20(1).webp&w=3840&q=75)
.gif&w=3840&q=75)



