logoEN
Sto top
ސަރުކާރުގެ ފަރާތުންދޭ ރޯދަ ހަދިޔާ: މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށައިފި

ސަރުކާރުގެ ފަރާތުންދޭ ރޯދަ ހަދިޔާ: މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށައިފި

އަހުމަދު ޝުރާއު

logo

1/24/2026, 4:25:05 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ# ރޯދަ ހަދިޔާ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ފަށައިފި އެވެ.

Wamco

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ މި މަސައްކަތް މާލެ ސަރަހައްދުގައި ފެށީ މިރޭ 20:30 ގައި އެވެ. އެގޮތުން މަސްކޭސްތައް ބެހުމަށް މާލޭގައި 8 މަރުކަޒާއި ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒު ހިމެނޭހެން 15 މަރުކަޒެއް ގާއިމްކޮށް އެހުރިހާ މަރުކަޒަކުންވެސް މިރޭ 20:30 ގައި ވަނީ މަސްކޭސްތައް ދޫކުރަން ފަށާފައި އެވެ.

ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަންއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރޯދަހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފްކޮށްފައިވާއިރު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ވަނީ މިރެއަށް އެކަނިވެސް 4805 ގޭބިސީން މަސްކޭސް ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަން މީގެ އިރުކޮޅެއް ކުރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައި އެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

މާލެ؛

  1. މިފްކޯ މަރުކަޒު
  2. ސޯޝަލް ސެންޓަރު
  3. އެމްޓީސީސީ ސޯމިލު
  4. ހެންވޭރު ބޯޅަދަނޑު
  5. ގަލޮޅު ދަނޑު (1)
  6. ގަލޮޅު ދަނޑު (2)
  7. ގަލޮޅު ދަނޑު (3)
  8. ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1؛

  1. ޢުމަރު ޒާހިރު ބިލްޑިންގ
  2. ޕޮލްކޯ ޓަވަރ ތިރި
  3. މުޙައްމަދު ޤާސިމް ޕްރީ ސްކޫލް

ހުޅުމާލެ ފޭސް 2؛

  1. ކާމިލުދީދީ ސްކޫލް
  2. ހިޔާޓަވަރު 10
  3. ވިނަރެސް ފްލެޓް

ވިލިމާލެ؛

  1. ވެމްކޯސައިޓް

ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ 2 އަހަރެކޭ އެއްފަދައިން މިހިނގާ 1447 ވަނަ އަހަރުވެސް ރޯދަހަދިޔާ ބެހުން ކުރިއަށް ގެންދަން ނިންމައި، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. އަދި ޓޯކަން ރަޖިސްޓްރޭޝަނަށް ބުރާސްފަތި ދުވަހު ހުޅުވާލިއިރު، 13 ފެބްރުވަރީ 2026 ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.

މި މަސައްކަތަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.

މާލެ ފިޔަވަހި ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއާއި ގުޅިގެން ކުރިޔަށްގެންދާއިރު މި ހަފްތާގެ ނިޔަލަށް އަތޮޅުތެރެއަށް ފޮނުވާ މަސްކޭސްތައް ފޮނުވައި ނިންމާލެވޭނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ރަށްރަށާއި ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލްތަކުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC