logoEN
Sto top
ރޯދަ ހަދިޔާ މަސްދަޅު ކޭސް: މިހާތަނަށް މާލެ ސަރަހައްދުން 35،132 ކޭސް ދޫކޮށްފި

ރޯދަ ހަދިޔާ މަސްދަޅު ކޭސް: މިހާތަނަށް މާލެ ސަރަހައްދުން 35،132 ކޭސް ދޫކޮށްފި

އަހުމަދު ޝުރާއު

logo

2/4/2026, 8:34:48 AM

# ރޯދަ ހަދިޔާ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 35،132 މަސްދަޅު ކޭސް، ގޭބިސީތަކަށް ދޫކޮށްފިއެވެ.

Wamco

ގްރޭޓަރ މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.

ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ 53.5 ޕަސެންޓް ގޭބިސީތަކަށް މަސްދަޅު ކޭސް ވަނީ ދޫކުރެވިފައެވެ. ރޭ އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުންނެވެ. ގަލޮޅު ދަނޑުގައި 4 މަރުކަޒަކުން ރޭ އެކަނިވެސް 500 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.

މީގެ އިތުރުން ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަސްދަޅު ކޭސްތައް މިހާރު ވަނީ ފޮނުވިފަ އެވެ. ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބިވަޑައިގަންނަވާނީ ޕޯޓަލްއިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC