
ދަ ޓްރެވެލާ ގެ ގަން-ޖިއްދަ ރޫޓްގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި
# އުމްރާގެ އަޅުކަން# ދަ ޓްރެވެލަރދަ ޓްރެވެލާގެ އުމްރާގެ ދަތުރުވެރިން
ޓްރެވެލާގެ ހަވާލުގައި ޖުލައި މަހު އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ގްރޫޕްގެ ގަން-ޖިއްދަ ރޫޓްގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އުމްރާވެރިންގެ ރިޓާން ފްލައިޓް އައްޑޫ އަށް އައީ އިއްޔެގެ ހަވީރު 3:15 ހާއިރު އެވެ.
ރާއްޖެއިން އުމްރާގެ މަތިވެރި އަޅުކަމަށް ހަމައެކަނި މާލެއަށް ބަރޯވުން ނިމުމަކަށް އައިސް، އައްޑޫ ސިޓީން ސީދާ ސައުދީ އަރަބިއްޔާ އަށް ދަތުރުތައް ދަ ޓްރެވެލާގެ ހަވާލުގައި ދިޔަ އުމްރާވެރިން ވަނީ ގޮސްފަ އެވެ.
މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ފެށި މި ތާރީޚީ ފުރަތަމަ ދަތުރުގައި 260 މީހުން އުމްރާއަށް ފުރި ފްލައިޓްގައި އުމްރާވެރިންނަށް މޯލްޑިވިއަން އިން ހާއްސަ ހަދިޔާއެއްވެސް ދީފައި ވެއެވެ.
އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލާ އާއި ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ބޭއްވި ފްލައިޓުގެ ސަބަބުން އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދިޔަ އެވެ.
ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ހާއްސަ ވިއުގައެއް ގައުމީ އެއަރލައިނުން ވަނީ ގާއިމުކޮށްފަ އެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫ، ފުވައްމުލައް، ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލު ދަތުރުތައް ވަނީ ފަށާފައެވެ.
ގުޅުންހުރި

ދަ ޓްރެވެލާ ގެ ގަން-ޖިއްދަ ރޫޓްގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި

އުމްރާގެ ކަންކަމަށް 1 އަހަރުގެ ހާއްސަ ވިސާއެއް ސައުދީ އިން ތައާރަފް ކުރަނީ

އައްޑޫ ސިޓީ އަށް ތާރީޚީ ދުވަހެއް - އުމްރާގެ އަޅުކަމަށް ސީދާ ގަމުން ސައުދީ އަށް




