
-
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ މައުލޫމާތު ހޯދާތީ ސަމާލުވުމަށް ޢިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް ގުޅަމުންދާ ކަމަށާއި މި ފޯނު ކޯލުތަކާއި މެސެޖުތަކުގެ ޒަރީއާއިން އާންމުންގެ މަޢުލޫމާތު ހޯދަމުންދާ ކަމަށެވެ.
ހައުސިންގ މަޝްރޫޢުތަކާއި ސޯޝަލް ހައުސިންގ ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބަރ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެ ކަމުގެ ޔަޤީންކަންދެމުން އެކުންފުނީން ވަނީ އެފަދަ ފޯނު ކޯލުތަކަށް ސަމާލުވުމަށް ޢިލްތިމާސްކޮށްފައެވެ.
ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުތަކާއި ގުޅުވައި ސްކޭމް ހިންގާ މައްސަލަތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މީގެ ކުރީންވެސް އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖުތަކާއި ކޯލްތައް ކޮށް މާލީ ބޮޑެތި ގެއްލުންތަކެއް ވަނީ ގިނަ ބަޔަކަށް ލިބިފައި އެވެ. މިއާއިއެކު އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު އެއްވެސް މީހަކާ ޙިއްސާ ނުކުުރުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް ކަމާއި ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރަމުންނެވެ.
ގުޅުންހުރި

އެޗްޑީސީގެ ނަމުގައި ސްކޭމް ކޯލްތަކަކާއި މެސެޖުތަކެއް: ސަމާލުވޭ!

ރޯދަމަހާއި ދިމާކޮށް އެޗްޑީސީން ރޯދަ ބާޒާރު ފެސްޓިވަލް ބާއްވަނީ: ސްޓޯލްތައް ކުއްޔަށް ހިފުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލާނެ!

ހުޅުމާލެ ފަޅުތެރޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތައް ހުއްޓާލަން އެޗްޑީން އަންގައިފި





