logoEN
Sto top
ހުޅުމާލެ ފަޅުތެރޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތައް ހުއްޓާލަން އެޗްޑީން އަންގައިފި

ހުޅުމާލެ ފަޅުތެރޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތައް ހުއްޓާލަން އެޗްޑީން އަންގައިފި

އަހުމަދު ޝުރާއު

logo

1/16/2026, 11:48:55 AM

# އެޗްޑީސީ

-

ހުޅުމާލެ ފަޅުތެރޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތައް ހުއްޓާލަން ހުޅުމާލެ މެނޭޖްކުރާ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އަންގައިފިއެވެ.

Wamco

އެޗްޑީސީއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިއީ ތިމާވެއްޓަށާއި، ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަމަށެވެ.

އެގޮތުން ހުޅުމާލޭ ފަޅުތެރޭގައި ފައިބަރު މަސައްކަތް ކުރުމަކީ މަނާ ކަމެއްކަމުން، މިފަދަ މަސައްކަތްތައް ކުރަމުންދާނަމަ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ 00:00 ގެ ކުރިން މަސައްކަތްތައް ހުއްޓާލަން އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ ބުނެފައި އެވެ.

އަދި ދީފައިވާ ސުންގަޑިއަށް މަސައްކަތްތަކަށް ހުއްޓާނުލައިފިނަމަ، މެރިން ޕޮލިހާއި ކަމާއި ގުޅުން ހުރި ފަރާތްތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން ދާނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC