logoEN
Sto top
ސިޔާސީ ގޮތުން ޚިޔާލުފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ - ޝަހީމް

ސިޔާސީ ގޮތުން ޚިޔާލުފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ - ޝަހީމް

އަހުމަދު ޝުރާއު

logo

1/24/2026, 9:20:45 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އިސްލާމްދީނުގެ މަތިވެރި ޙުކުމްތަކާއި، ރުކުންތަކާއި، އަދި ދީނީ ޝިއާރުތަކަށް ފުރިހަމައަށް އިޙުތިރާމްކުރަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ދެއްވި މެސެޖެއްގައެވެ. ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މުހިންމު ޙައްޤެކެވެ. ނަމަވެސް، އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ދީނީ އަދި އަޚުލާޤީ މިންގަނޑުތަކުގެ ތެރެއިންނެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ރޫޙަކީ ވެސް އިސްލާމްދީނުގެ އަސްލުތަކާ ފުށުނާރާ ގޮތެއްގެ މަތިން އެ ޙައްޤުގެ ބޭނުން ހިފުން ކަމަށެވެ. އެހެންކަމުން، ކޮންމެ މުސްލިމަކީވެސް ދީނުގެ ރުކުންތަކާއި ޝިޢާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ މީހެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އުޞޫލުތަކާއި ދިވެހިވަންތަކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި، ވަޒީރު ވަނީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި އާންމު ރައްޔިތުންވެސް މި މުހިންމު އުޞޫލުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ވަޒީރު ވަނީ ދީނީ އެއްބައިވަންތަކަން ނަގަހައްޓައި، މުޖުތަމަޢުގެ އަދަބުތަކަށް ބޯލެނބުމަށް ގޮވާލައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC