logoEN
Sto top
މިވަގުތު ރާއްޖޭގައި 291 ހާފިޒުން: 1500 އަށްވުރެ ގިނަ ފަރާތުން މިހާރުވެސް ޤުރުއާން ހިތުދަސްކުރަމުން އެބަދޭ!

މިވަގުތު ރާއްޖޭގައި 291 ހާފިޒުން: 1500 އަށްވުރެ ގިނަ ފަރާތުން މިހާރުވެސް ޤުރުއާން ހިތުދަސްކުރަމުން އެބަދޭ!

އަހުމަދު ޝުރާއު

logo

1/7/2026, 8:30:54 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފިއެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ދިވެހި ހާފިޒުންގެ އަދަދު މިހާރު 291 އަށް އަރާފައިވާ ކަމަށާއި މިއަދަދު 300 އަށްވުރެ މައްޗަށް ރޯދައިގެ ކުރީން އަރާނެ ކަމަށެވެ. އެގޮތުން ރައީސް ވަނީ ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރައްވާފައިކަން ފާހަގަކުރައްވައި އަދި މިދިޔަ އަހަރުން ފެށިގެންވަނީ ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފަށާފައިކަން ފާހަގަކުރައްވައި ވަޒީރު ވަނީ މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެކަން ހާމަކުރައްވާފައި އެވެ.

މީގެ އިތުރުން މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުން އެބަގެންދާ ކަމަށާއި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC