logoEN
Sto top
ނައިފަރުގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް ސެންޓްރަލް ލައިންއަށް!

ނައިފަރުގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް ސެންޓްރަލް ލައިންއަށް!

އަހުމަދު ޝުރާއު

logo

1/21/2026, 3:52:29 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ޅ ނައިފަރުގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

Wamco

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ސެންޓްރަލް ލައިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله އާސިމް އެވެ.

ނައިފަރުގައި އިސްލާމީ މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1000 މީހުންގެ ޖާގައިގެ މިސްކިތަކާއިއެކު ދެޖިންސުގެ ފަރާތްތަކަށް ނަމާދުކުރެވޭ ވަކި ދެ ސަރަހައްދާއި ކްލާސްރޫމްތަކާއި ލައިބްރެރީއެއްގެ އިތުރުން ކޮންވެންޝަން ހޯލަކާއިއެކުގައި އެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC