
ގަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީންތަކެއް ހުޅުމާލެ ފޭސް އެކަކުން ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# މޯލްޑިވްސް އިމިގްރޭޝަން# ބިދޭސީންފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭ ފޭސް 1 ގައި ހިންގަމުން އަންނަ ކެފޭ/ ޓޭކްއަވޭ ތަންތަން ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސް އިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ ހުޅުމާލޭ ފޭސް 1 ގައި ހިންގަމުން އަންނަ ބައެއް ކެފޭ/ ޓޭކްއަވޭ ތަންތަން ބަލައި ފާސްކޮށްފައެވެ.
އަދި ބަލާފާސްކުރުމުގެ ތެރޭގައި 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47އަކަށް ވުރެ ގިނަ ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ވަޒީރު ދާދި ފަހުން ވިދާޅުވެފައިވަނީ މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށާއި ވިޔަފާރިތަކުގައި މިގޮތަށް ފާހަގަވާ ތަންތަނުގައި ފުލުހުންގެ ތަހުޤީގެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މީގެ ތެރޭގައި މަނީ ލޯންޑަރިންއަށް ޝައްކުވާ ތަންތަންވެސް މި އޮޕަރޭޝަންގެ ތެރޭގައި ފާހަގަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވަނީ އެފަދަ ތަންތަނުން ލާރި ހޯދާ ގޮތްތަކާއި ލާރި ދައުރުކުރާ ގޮތްތަކާއި ބަލާފައި ޖިނާޢީ މިންގަނޑުން ދައުވާ ކުރަން ޖެހިއްޖެނަމަ ދިވެހި ވިޔަފާރި ރަޖިސްޓަރ ކޮށްފައިވާ ފަރާތައް ދައުވާވެސް ކުރައްވާނެ ކަމަށެވެ.
ވަޒީރު ވަނީ މިފަދަ ކަންކަން ހުއްޓާލައި ދިވެހިން އަމިއްލައަށް ވިޔަފާރި ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާވެސް މިހާރު ފެންނަމުންދާ ކަމަށެވެ. މިގޮތުން ބިދޭސީން އެކި ތަންތަނުގައި ހިންގަމުންދާ ވިޔަފާރިތައް ބަންދުވާން ފެށުމުން ދިވެހި ވިޔަފާރިތަކުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

ފުލުހުންގެ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ވައިގެ މަގުން ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރަށް!

.gif&w=3840&q=75)



