
-
ކުރިޔަށް އޮތް ޕީކް ސީޒަނަށާއި ރަމަޟާން މަހަށް ތައްޔާރުވުމަށް މާލެ ސަރަހައްދުގައި އިތުރު 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯއިން މިކަން ހާމަކުރީ އިއްޔެ އެކުންފުނީން ކުރި ޕޯސްޓެއްގައި އެވެ.
ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި އެކުންފުނީގެ އިސްވެރިން އިއްޔެ ވަނީ ހުޅުމާލެއަށް ވަޑައިގެން، މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި ކަރަންޓުގެ ކެޕޭސިޓި އިތުރުކުރުމަށް ކުރިއަށްގެންދާ ޕީކް ހޭންޑްލިންގއަށް ތައްޔާރުވުމުގެ މަސައްކަތްތައް ބައްލަވާލައްވާފައި އެވެ.
ސްޓެލްކޯއިން ބުނީ ޕީކް ހެންޑްލިންގއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި 2MVA ގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަންވެސް ހާމަކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށީފައިވާއިރު މި މޫސުމުގައި އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ގުޅުންހުރި

އަލަށް ހަވާލުވި ހުރާގެ އިންޖީނުގެއާއި، ފެން ޕްލާންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ސްޓްލެކޯގެ އިސްވެރިން އެރަށަށް!

ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

.gif&w=3840&q=75)



