
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް މަގާމުން ވަކިކޮށްފި
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ-
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް މަގާމުން ވަކިކޮށްފި އެވެ.

ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް މަގާމުން ވަކިކުރެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި އެވެ.
މިކަން ހޯމްލޭންޑް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ދާދި ދެންމެ އަކު ވަނީ ގާފަށް ކަށަވަރުކޮށްދެއްވާފައި އެވެ. ނަމަވެސް އަބްދުލްމަޖީދު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސަބަބެއް ތަރުޖަމާނު ހާމައެއް ނުކުރެއެވެ.
މަގާމުން ވަކިކުރުމާއި ހަމައަށްވެސް އަބްދުއްމަޖީދު ހުރީ މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމެންޓުގެ އިސްވެރިއަކަށެވެ. އަދި ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މަސައްކަތްތަށްވެސް ބައްލަވަމުން ގެންދެވީ އޭނާއެވެ.
މަގާމުން އޭނާ ވަކިކުރި ސީދާ ސަބަބެއް ސަރުކާެރުން ހާމަކޮށްފައިނުވި ނަމަވެސް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ ކަމުގެ އަޑުތަކެއް މިއަދު ވަނީ ފެތުރިފައިއެވެ. އެގޮތުން ބިދޭސީންގެ ކޯޓާ ދޫކުރުމުގެ ކަންކަމުގައި ފައިސާ ނަގާ ތުހުމަތު އޭނާއަށް ކުރެވޭ ކަމަށް އިތުބާރު ހުރި މަސްދަރަކުން ގާފު ނޫހަށް މައުލޫމާތު ލިބިފައި އެވެ.
ގުޅުންހުރި

ވ.އަތޮޅުގައި ހިންގި ޑައިވިންގް އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު ރައީސް ވަޒަންކުރައްވައިފި
-1779106417162.webp&w=3840&q=75)
ލީޑަރޝިޕް ޕްރޮގްރާމުގެ ސަބަބުން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ - އިހްސާން

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2 ނިންމާލައިފި




