
ގުރައިދޫގައިވެސް އިތުރު 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ކޮމިޝަންކޮށް ކަރަންޓު ކެޕޭސިޓީ 2960 ކިލޯވޮޓަށް އިތުރުކޮށްފި
# ސްޓެލްކޯ-
ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން ކ ގުރައިދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި އެވެ.

ގުރައިދޫގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ. އެކުންފުނީން މިއަދު ބުނީ ކ ގުރައިދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރަމަޟާން މަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށު އިންޖީނުގެއަށް ގެންދެވުނު 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މި އައު ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމާއިއެކު ތޮއްޑޫގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ 2960 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައިވާކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެޕޭސިޓީ އިތުރުވެގެން ދިޔުމާއިއެކު އެ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ އިތުބާރުބޮޑުވެ، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަންވެސް ހާމަކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށީފައިވާއިރު މި މޫސުމުގައި އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ގުޅުންހުރި

ގުރައިދޫގައިވެސް އިތުރު 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ކޮމިޝަންކޮށް ކަރަންޓު ކެޕޭސިޓީ 2960 ކިލޯވޮޓަށް އިތުރުކޮށްފި

4000 ފްލެޓަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ފުރިހަމަކޮށްފި

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ޚާއްސަ މަސައްކަތްތަކެއް!





