logoEN
Sto top
ޕަފޯސް އަތުން ހަނިގޮތަކަށް މޮޅުވެ ޗެލްސީ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

ޕަފޯސް އަތުން ހަނިގޮތަކަށް މޮޅުވެ ޗެލްސީ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

1/21/2026, 9:55:33 PM

# ޗެލްސީ# ޔުއެފާ ޗެމްޕިއަންސްލީގު# ޕަފޯސް# ބޭރު ދުނިޔޭގެ ކުޅިވަރު

ޕަފޯސް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސައިފްރަސްގެ ޕަފޯސް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

ޗެމްޕިއަންސް ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ އެޓަލާންޓާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިމުބާރާތުގައި ޕަފޯސް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ ޔުވެންޓަސް އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން ވަނީ މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޗެލްސީގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ޗެލްސީއަށް 13 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕަފޯސް އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 30 ވަނައިގައެވެ.

މުބާރާތުގެ ލީގުބުރުގައި ޗެލްސީ ކުޅޭ ފަހު މެޗުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެޓީމުން ނުކުންނާނީ އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށެވެ. އަދި އެމެޗުން މޮޅުވެ ލީގުބުރުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ދެވަނަ ބުރުން ޖާގަހޯދުމުގެ އަމިއްލަ ބާރު ޗެލްސީ އިން ހޯދިއިރު، ލީގުބުރުގެ ފަހު މެޗުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޕްލޭއޮފް އިން ޖާގަ ހޯދުމުގެ ފުރުސަތު ޕަފޯސްއަށް ވެސް އެބައޮތެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC