logoEN
PNC TOP 3
4000 ފްލެޓަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ފުރިހަމަކޮށްފި

4000 ފްލެޓަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ފުރިހަމަކޮށްފި

އަހުމަދު ޝުރާއު

logo

1/21/2026, 5:25:52 PM

# ސްޓެލްކޯ

-

ސަރުކާރުން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމަވެފައިވާކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.

PNC MID 2

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް މިހާރު ފުރިހަމަކުރެވިފައިވާކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ބޮޑު އާބާދީއެއް މިހާރުވެސް ދިރިއުޅެމުން އަންނަ ފޭސް 2 އަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދީ މެދުކެނޑުމެއްނެތި އެސަރަހައްދުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ސްޓެލްކޯއިން ދަނީ މެދުކެނޑުމެއްނެތި ހަމަޖައްސައިދެމުންނެވެ. އެގޮތުން މިއަދު ނިމިގެން ދިޔަ މަސައްކަތާއިއެކު ހުޅުމާލޭގައި މިވަގުތަށް ތަރައްޤީކުރެވިފައިވާ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކަކަށް ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ގުޅާލާފައިއެވެ.

ސްޓެލްކޯއިން އަންނަނީ ކުރިޔަށް އޮތް ޕީކް ސީޒަނަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ފޭސް 2 ގެ އާބާދީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދާއިރު ޕީކް ސީޒަނަށާއި ރޯދަ މަހަށް އެސަރަހައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ސްޓެލްކޯއިން ހާމަކުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC