
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއް!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއެވެ.
މި ފަހުމުނާމާއަކީ ވުޒާރާއާއި އެ ފައުންޑޭޝަން ގުޅިގެން ކުރިއަށް އޮތްތާ މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
މީގެ ކުރިންވެސް ވުޒާރާއާއި އެ ފައުންޑޭޝަން ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކ. އަތޮޅާއި، މާލެ ސިޓީގެ އޮޑިޝަން ފިޔަވާ ހުރިހާ އޮޑިޝަނެއް ނިންމާލައިފި

އިސްލާމީ ވުޒާރާގެ ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

"ކުރިއަށް އޮތް ޤަރުނަށް އިސްލާމްދީނުގެ ޝިޢާރު ފާޅުކުރާނެ، ހަރުދަނާ ވަރުގަދަ ޖީލެއް މިރާއްޖޭގައި ބިނާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއް"




