logoEN
Sto top
ކަމަދޫގައި އިއާދަކުރަނިވި ހަކަތައިގެ އައު ނިޒާމެއް ގާއިމުކުރަނީ

ކަމަދޫގައި އިއާދަކުރަނިވި ހަކަތައިގެ އައު ނިޒާމެއް ގާއިމުކުރަނީ

އަހުމަދު ޝުރާއު

logo

1/20/2026, 5:18:44 PM

# ބ. ކަމަދޫ

-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށީގެ ސިޔާސަތުގެ ދަށުން، ބ. ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ތިމާވެއްޓާއިބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

Wamco

އެވުޒާރާއިން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން ކަމަދޫގައި ގާއިމުކުރަނީ 198 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (PV) ނިޒާމަކާއި 172 ކިލޯވޮޓް އަވާ (kWh) ގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (BESS) އެއް ކަމަށާއި މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްގެން ގާއިމުކުރެވޭ ހައިބްރިޑް ނިޒާމެއް ކަމަށެވެ.

މި ނިޒާމުގެ މަސައްކަތް ނިމި އޮޕަރޭޝަނަށް އައުމުން، ކަމަދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެކަން އެވުޒާރާއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ނިޒާމުގެ ސަބަބުން އަހަރަކު 92،919 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ.

މީގެ އިތުރުން، މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑް (CO2) ގެ ތެރެއިން އަހަރަކު 228 ޓަނުގެ ގޭސް މި ނިޒާމުގެ ސަބަބުން މަދުކުރެވޭނެއެވެ.

މި މަޝްރޫޢަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން ރަށްރަށުގައި އިތުރުވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC