logoEN
Sto top
ކަމަދޫ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެމްޓީސީސީން އެރަށަށް ގެންގޮސްފި

ކަމަދޫ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެމްޓީސީސީން އެރަށަށް ގެންގޮސްފި

# އެމްޓީސީސީ# ތަރައްގީގެ މަޝްރޫއު# ބ. ކަމަދޫ

0-02-03-13b231cf68065b347e598b4dc6649297c65c61fd926e82b319b7f044e634d19d_2739d87cb2f

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެމްޓީސީސީން އެރަށަށް ގެންގޮސްފިއެވެ.

Wamco

އެމްޓީސީސީން މިއަދު ވިދާޅުވީ އެރަށުގެ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓު، ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި، މަޝްރޫއުގެ ދަށުން އެރަށުގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ.

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/eIyJwWnJ4T

— MTCC Plc (@MTCCPlc) October 12, 2022

މި މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 47.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC