
-
ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެބޭންކުން މިއަދު ބުނީ އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.
މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށްވެސް ބޭންކުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ބެކް ޓު ސްކޫލް ކެމްޕޭނަށް ހަދިޔާކޮށް، 100 ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ގުޅުންހުރި

ބީއެމްއެލުން ނެޓްބޯލް އެސޯސިއޭޝަނާއެކު 3 އަހަރުގެ ބޮޑު ޕާޓްނަރޝިޕެއް!

ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސްގެ ރޭޓިންގ 'CCC-' ގައި ކަނޑައަޅައި، އައުޓްލުކް 'ސްޓޭބަލް' ކޮށްފި

ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން، މައްސަލަ ދިމާވާނަމަ އަންގާލަދީ - ބީއެމްއެލް




