
ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލާގައި ލަންކާ ދެމީހަކު ހައްޔަަރަށް!
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެބައެއްގެ ދެމެދުގައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި ދެބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިމަހުގެ 10 ވަނަ ދުވަހުގެ ދަންވަރު 12:15 އެހާކަންހާއިރު އެވެ. އެމައްސަލައާއި ގުޅިގެން ފުލުހުން މީގެ ކުރީން ބުނީ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރުވޭ މީހުން ފުލުހަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށް ނަސޭހަތް ދީފައިވާކަމަށެވެ.
ނަމަވެސް މިއަދު މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ލަންކާއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ތިލަކް ސޯމަޗަންދްރަ އާއި 46 އަހަރުގެ ޕްރިޔަންތަ ސިލްވާ އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯތަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ހަމަނުޖެހުން ހިނގިތާ ހަފްތާއެއް ފަހުން އެދެމީހުން ހައްޔަރުކުރި ސީދާ ސަބަބެއް ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލާގައި ލަންކާ ދެމީހަކު ހައްޔަަރަށް!

ވީއައިއޭ އައު ޓާމިނަލުން ސީޕްލޭންގެ ކައުންޓަރުގެ ހިދުމަތް ފަށައިފި

ރަޝިއާގެ ގައުމީ އެއާލައިން, އޭރޯފްލޮޓްގެ އޮޕަރޭޝަންތައްވެސް ވީއައިއޭ ޓާމިނަލް އެކަކަށް!





