
ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށް ޚާއްސަ ޓްރޭނިންގއެއް ހިންގައިފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# ގައިދީންފޮޓޯ: ކަރެކްޝަން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން، “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފިއެވެ.

މި މަހުގެ 18 އިން ފެށިގެން 19 އަށް ކުރިޔަށްދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ޤައިދީންގެ ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ 14 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޛުކުރުމެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ޓެޓްރާޓެކްގެ ޕްރިޒަން އެކްސްޕަރޓް މިސްޓަރ ޓޯނީ ހެސަލްއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް މެޑިކަލް ކޭމްޕެއް ހިންގައިފި

"ސައިކޮލޮޖިކަލް ފަސްޓް އެއިޑް" ޕްރޮގްރާމް 18 އޮފިސަރުން ފުރިހަަމަކޮށްފި

ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން މާފުށީ ޖަލުގައި މެޑިކަލް ކޭމްޕެއް ހިންގައިފި




