
-
މިނިސްޓްރީ އޮފް ހެލްތުން ޙަވާލުކޮށްގެން އެމް.ޕީ.އެލް އިން ރާއްޖެ ގެނައި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާއި ރަސްމީކޮށް ހަވާލުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އެމް.ޕީ.އެލްއާ 2025 ވަނަ އަހަރު ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން ޙަވާލުކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 56 އެމްބިއުލަންސް ވަނީ ރާއްޖެ ގެނެސްފައެވެ. މި އެމްބިއުލާންސްތައް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކާއި ރަސްމީކޮށް ހަވާލުކޮށްފައިވާއިރު މި ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަނީ އެމްއޭސީއެލްގެ ސީދާ ބެލުމުގެ ދަށުންނެވެ.
މި މަޝްރޫޢަށް ސަރުކާރުން 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.
މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ގުޅުންހުރި

މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުފަހަރަށް ކަރަންޓާއި ފެން ލިބޭނެ ގޮތް އެމްޕީއެލުން ހަމަޖައްސައިދެނީ

ނޯތު ހާބަރު ސަރަހައްދު ކަނޑު އުޅަނދު ފަހަރަށް އަލުން ހުޅުވާލައިފި

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

.gif&w=3840&q=75)



