
ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަނުން ހާމަކޮށްފި
# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު# އިލެކްޝަންސް ކޮޮމިޝަންފޮޓޯ: އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 3:00 ޖެހުމާ ހަމައަށެވެ.
ޝަކުވާގެ ގޮތުގައި މައިގަނޑުގޮތެއްގައި ލިބިފައިވަނީ، އެޑްރެސް ބަދަލުވުމާއި، ރަށްވެހިކަން ބަދަލުވުމާއި، ނިޔާވެފައިވާ ފަރާތްތައް ހިމެނުމާއި، ރަޖިސްޓްރީން ނަން އުނިކުރުމުގެ ބައެއް ޝަކުވާތައް ކަމަށް ކޮމިޝަނުން ބުންޏެވެ.
އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް މިހާރުވަނީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކޮށްފައެވެ. މިބިއުރޯއާއެކު ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ކަންކަމުގައި ޝަކުވާ ހުށައެޅުމާއި މައްސަލަ ހުށައެޅުމަށާއި އެކަންކަން ބަލާ އަވަހަށް ޖަވާބުދާރީވެވޭނެފަދަ ނިޒާމެއް ޤާއިމުކުރުމެވެ.
ގުޅުންހުރި

ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލު ހަރުދަނާކުރުމަށް މަޝްވަރާތަކެއް

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީ-ވޯޓިންގެ ބަހުސް ހޫނުވެފައިވަނިކޮށް އީސީގެ ރައީސްގެ ތަފްސީލީ ޖަވާބެއް!

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށް: މެންދުރުފަހު 2 ޖެހުމާއި ހަމައަށް 73 އިންސައްތަ މީހުން ވޯޓުލައިފި




