
އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ-
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން އިންތިޒާމުކޮށްގެން، ފަތުރުވެރިކަމާއި ޖިއޮގްރަފީގެ ދެމެހެއްޓެނިވިކަމާ ގުޅޭގޮތުން ބޭއްވި ޚާއްޞަ މަސައްކަތު ބައްދަލުވުމެއްގައި އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ ދަރިވަރުން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޛުކުރަމުންދާ ގޮތާއި، މި ސިނާޢަތުގެ ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ އިސްވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ދަރިވަރުންނަށް ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގެ ތެރެއިން، ޔުނިވަރސިޓީގެ ދަރިވަރުންގެ ފަރާތުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމަށް ބޭނުންކުރެވިދާނެ އައު އަދި އީޖާދީ ޚިޔާލުތަކެއް ހުށަހަޅާފައެވެ.
ގުޅުންހުރި

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި

ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!





