
މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ-
މޯލްޑިވްސް ވިޒިޓަރ ސަރވޭ (އެމް.ވީ.އެސް) 2025 ގެ ހޯދުންތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ހިއްސާދާރުން ބައިވެރިވި މި ބައްދަލުވުން ބޭއްވީ ސަރވޭއިން ފާހަގަކުރެވުނު މުހިންމު ކަންތައްތައް ހިއްސާކުރުމަށެވެ.
މި ސެޝަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ސަރވޭއިން ލިބިފައިވާ ހޯދުންތައް ދާއިރާގެ ތަޖުރިބާކާރުންނަށް ހުށަހަޅައި، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މިގޮތުން ބައިވެރިންގެ ފަރާތުން ލިބޭ އިތުރު ލަފާގެ އެހީގައި، ސަރވޭގެ ހޯދުންތައް އިތުރަށް ހަރުދަނާކޮށް، ފައިނަލް ރިޕޯޓު ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ލިބުނު މަޢުލޫމާތުތަކަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައާއި، ސްޓްރެޓީޖިކް ޕްލޭންތައް އެކުލަވާލުމުގައި ހެކީގެ މައްޗަށް ބިނާކޮށް (evidence-based) ނިންމުންތައް ނިންމުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބޭއްވި މި ބައްދަލުވުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދާއިރާ އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ. ސަރވޭގެ ފައިނަލް ރިޕޯޓު ނިމުމުން އެއީ މުޅި ދާއިރާއަށް ބޭނުންތެރި މުހިންމު ލިޔުމަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ގުޅުންހުރި

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި

ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!





