
ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ-
2025 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން ބޮޑު ދެ މަގާމް ހާސިލުކޮށްފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ ޝަރަފުވެރި ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބިފައިވަނީ، ދުނިޔޭގެ އެންމެ ރީތި މަންޒިލްގެ މަގާމާއި، ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމެވެ.
މިއީ ދުނިޔޭގެ އެންމެ ރީތި މަންޒިލްގެ މަގާމު ރާއްޖެއަށް ޖެހިޖެހިގެން ލިބުނު ހަވަނަ ފަހަރެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި ކާމިޔާބީއިން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް ލިބިފައިވާ ޚާއްސަ ގަދަރާއި މަގުބޫލުކަން އަލުން ހާމަވެގެން ގޮސްފި ކަމަށާއި މީގެ އިތުރުން، ފުރަތަމަ ފަހަރަށް "ގްރީން ޑެސްޓިނޭޝަން" ގެ މަގާމު ހާސިލުކުރުމަކީ ރާއްޖޭގެ ރީތި ތިމާވެށި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
އަދި މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ބައިވެރިންގެ ބުރަ މަސައްކަތާއި، ހީވާގިކަމާއި، އަދި އެއްބަސްވުމުގެ ހެއްކެއް ކަމަށާއި މިއީ ސަރުކާރާއި، ޓޫރިޒަމް އޮޕަރޭޓަރުންނާއި، ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން، އާއްމު ރައްޔިތުންވެސް މި ސިނާއަތަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާކަމަށްވެސް އެވުޒާރާއިން ބުނެއެވެ.
މި ކާމިޔާބީގެ އަލީގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ހުރިހާ ބައިވެރިންނާ އެކު މަސައްކަތް ކުރުމަށް އުންމީދު ކުރާ ކަމަށް ސިނާއަތުގެ ބޭފުޅުން ވިދާޅުވެއެވެ. މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަށް އުއްމީދު ގެނެސްދީ، އިގުތިސާދަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
ގުޅުންހުރި

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި

ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!

.gif&w=3840&q=75)



