
ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓަރސް ލިސްޓުގައި ސޮއިކުރުމަށް އެއް ދުވަސް އިތުރުކޮށްފި
# އިލެކްޝަން ކޮމިޝަން-
ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓަރސް ލިސްޓުގައި ސޮއިކުރުމަށް އެއް ދުވަސް އިތުރުކޮށްފި އެވެ.

އީސީން މިއަދު ބުނީ އިންތިޚާބާ ބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ރޭގަ ހިނގުމާއި ގުޅިގެން، އެ މަރުކަޒު މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހެދުނު 10:00 ގައި ފަށާފައިވާ ކަމަށެވެ.
އަދި ރޭގަ ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން އީސީން ވަނީ ފާހަގަކޮށްފައެވެ.
މި މަސައްކަތަށް އެއްދުވަސް އިތުރު ކުރިނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެއެވެ.
އިންތިޚާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް އިންތިޚާބުގެ ތާވަލްގައި ވާ ގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް ހުއްޓުމެއް ނެތި ކުރިޔަށްދާކަންވެސް އީސީން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި
ރަތްމަންދޫއާއި ރަކީދޫގެ ޑަބްލިއުޑީސީ އިންތިހާބު ޖޫން 20 ގައި!
.jpg&w=3840&q=75)
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެއްޖެ: ކުރިމަތިލީ ސައީދު އާއި ސޯދިގު!
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި




